21 Apr 2019, 10:52
އަވަށްޓެރި ސްރީލަންކާގައި ބޮންގޮއްވި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާވިތޯ ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.
ލަންކާގެ ހަ ސަރަހައްދެއްގައި ބޮން ގޮވުމުގެ ހާދިސާތައް ހިނގައި 110 އަށް ވުރެ ގިނަ މީހުން ޒަހަމަވެފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ބޮން ގޮއްވާފައިވަނީ ދިވެހިން އާންމުކޮށް ގޮސްއުޅޭ ތިން ހޮޓަލެއްގެ އިތުރުން ތިން ފައްޅިއެއް ކައިރީއެވެ.
https://twitter.com/MDVForeign/status/1119830860075692032
އާންމުކޮށް ދިވެހިން ގޮސްއުޅޭ ސަރަހައްދުތަކުގައި ބޮން ގޮވުމުގެ ހާދިސާއެއް ހިނގާފައިވާތީ، އެގައުމުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އަދި އާއިލާ ތަކުން ކަންބޮޑުވާކަމެއް އޮތްނަމަ ފޮރިން މިނިސްޓްރީ އާއި ގުޅުމަށްވެސް ވަނީ އެދިފައެވެ.
އިމަރޖަންސީ ކޮންސިއުލަރ ޚިދުމަތް ބޭނުންނަމަ ކޮންސިއުލރ ހޮޓްލައިން 7983400 އަށް ގުޅުމަށް ފޮރިން މިނިިސްޓްރީ އިން އެދެއެވެ.
ބޮންގޮއްވި ސިނަމަން ގްރޭންޑާއި، ޝަންގްރިއްލާ އަދި ކިންގްސްބަރީ އަކީ ދިވެހިން އާންމުކޮށް ތިބޭ، އަދި ގޮސްއުޅޭ ހޮޓަލްތަކެވެ.