ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މާލޭ ބްރާންޗުގައި ހުރި ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަދުވަސްވީ އެކައުންޓުތަކުގެމައުލޫމާތު އާންމުކޮށްފި އެވެ.

އެސްބީއައި އިން ބުނީ ރާއްޖޭގެ ބޭންކިން ގަވައިދުގާ ބުނާ ގޮތަށް ވިދިވިދިގެން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ އެކައުންޓުތަކަކީ ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތަށް ކަނޑައަޅާފައި ވާނީ މި މުއްދަތުގައި އެކައުންޓު މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ކަމަށް އެ ބޭންކުން ބުންޏެވެ.

ޑޯމަންޓް އެކައުންޓެއް އެސްބީއައިގައި އޮތް ނަމަ، ނުވަތަ އޮތް ކަމަށް ގަބޫލުކުރެވޭ ނަމަ. އެ ކަސްޓަމަރަކު އެކަން ބޭންކަށް އެންގުމަށް ވެސް އެސްބީއައި އިން ވަނީ އެދިފަ އެވެ.

ޑޯމެންޓް އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް ލިޔުން ފޮނުވާފައިވާނެ ކަމަށާއި އެ ކަސްޓަމަރުންގެ ފަރާތުން ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޖަވާބެއް ނުލިބިއްޖެ ނަމަ އެކައުންޓުތަކުގައިވާ ފައިސާ މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަވާލު ކުރާނެ ކަމަށް ވެސް އެސްބީއައި އިން ބުންޏެވެ.

އެސްބީއައި އިން ވަނީ ބޭނުން ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ 431 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފަ އެވެ.