ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ބީ ގެ ފުރަތަމަ މެޗް ޑީ ބާސްކެޓް ބޯލް ކުލަބުން ކާމިޔާބު ކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗް ޑީ ބާސްކެޓް ބޯޅަ ކްލަބުން ކާމިޔާބުކުރީ ވިކްޓަރީއާ ވާދަކޮށް 48 ޕޮއިންޓް 62 ޕޮއިންޓުން ނެވެ.

މެޗްގައި ވިކްޓަރީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 13 އިބްރާހިމް ރިޝްވާނެވެ. އޭނާ ވަނީ ޓީމަށް 13 ޕޮއިންޓް ހޯދައިދީފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުޅި މެޗްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ޑީ ބާސްކެޓް ބޯލް ކުލަބްގެ މުހައްމަދު ސަމޫހްއެވެ. އޭނާ ވަނީ ޓީމަށް 14 ޕޮއިންޓް ހޯދައިދީފަ އެވެ.

މުބާރާތުގައި މިރޭ 8:30 ގައި ބައްދަލު ކުރާ ދެޓީމަކީ ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ހަރިކޭން ބީސީއާއި މަސާ އެވެ.