ބޮލީވުޑްގެ ކާމިޔާބު ދެމަފިރިން ކަމަށްވާ އަބީޝޭކް ބައްޗަން އަދި އައިޝްވާރިޔާ ރާއީ، ޗުއްޓީއަކަށް ރާއްޖެ އައިސްފި އެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް ރާއްޖެ އައިސްފައިވަނީ އެ ދެމެފިރިންގެ އަންހެން ދަރި އަރަދްޔާ ވެސް ގޮވައިގެން އެވެ.

އައިޝްވާރިޔާ އާއި އަބީޝޭކް ވަނީ އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ނިޔާމަ ޕްރައިވެޓް އައިލެންޑްގެ ފޮޓޯ އެއް އިންސްޓަގްރާމްއަށް ދޫކޮށްލައިފަ އެވެ. މިއަދު ހެނދުނު ހެނދުނާ އައިޝްވާރިޔާ ޕޯސްޓްކޮށްފައިވަނީ ނިޔާމަ އައިލެންޑްގެ ޕޫލެއްގެ ފޮޓޯ އެކެވެ. އަދި ފިރިމީހާ އަބީޝޭކް ވަނީ ވިއްސާރަ ވިލާތައް ފެންނަ ގޮތަށް އަތިރިމަތީގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ.

މީގެ އިތުރުން އަބީޝޭކް ވަނީ 'ބައްޗަން ފެމެލީސް ހޯމް' ޖަހާފައި އިން ބޯޑެއްގެ ފޮޓޯ މައިޑާގައި ހިއްސާކޮށްފަ އެވެ. އަދި އެ އާއިލާގެ ތިން ފަރާތުގެ ނަން ޖަހާފައި އިން ތިން ބައިސްކަލްގެ ފޮޓޯއެއް ވެސް ވަނީ މައިޑޭގައި ޕޯސްޓް ކޮށްފަ އެވެ.

ދެހާސް ދިހައެއްގައި ރިލީޒް ކުރި "ރާވަން" އަށް ފަހު އަބީޝޭކް ބައްޗަން އަދި އައިޝްވާރިޔާ ރާއީ އެކުގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން އަށް އަހަރު ފަހުން އެދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ގުލާބު ޖާމޫ" އެވެ.