ނެވާޑާ (އޮކްޓޯބަރ 19) ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ހޫނު ޓީވީ މުނާޒަރާއެއް (ޑިބޭޓެއް) ބާއްވައިފި އެވެ.

އިޤްތިސާދީ ގޮތުން އިނދަޖެހޭ ޙާލަތުގައި އޮތް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނެވާޑާގައި ބޭއްވި މިމުނާޒަރާގައި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ހަތް ކެންޑިޑޭޓުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހޫނު ޙަމަލާތައް ދެއްވައި އެބޭފުޅެއްގެ މޮޅުކަމާއި ކުޅަދާނަކަމާއި ޤާބިލްކަން ދެއްކުމަށް މަސައްކަތް ކުރެއްވި އެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ހަތް ކެންޑިޑޭޓުންނަކީ އެމެރިކާގެ މަހުޖަނެއް ކަމަށްވާ މިޓްރުމްނީ، ޕީއްޒާ ވިޔަފާރީގެ އެމްޕެއަރެއް ކަމަށްވާ ހެރްމަން ކެއިން، ޓެކްސަސްގެ ގަވަރނާ ރިކް ޕެރީ، ކޮންގްރެސްގައި ޕެންސިލްވީނިޔާ ތަމްޘީލްކުރައްވާ މެންބަރެއް ކަމަށްވާ ރިކް ސެންޓްރޯން، ކޮންގްރެސްގައި މެނިސޯޓާ ތަމްޘީލް ކުރައްވާ މެންބަރެއް ކަމަށްވާ މިޝައިލް ބުކަނޯ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކުރީގެ ރައީސް ނިއުޓް ގިގްރެޝް އަދި ކޮންގްރެސްގައި ޓެކްސަސް ތަމްޘީލްކުރައްވާ މެންބަރެއް ކަމަށްވާ ރޮން ޕޯލް އެވެ.

މިހުރިހާ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހަމަލާދެއްވި އިރު ކޮންމެ ބޭފުޅަކުވެސްވަނީ އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ހަމަޖެހިފައިވާ ބަރަކް އޮބާމާއަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވާފައެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ހަތް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފުރްސަތުބޮޑީ މިޓްރުމްނީ އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ބީ.ބީސީ)