18 Apr 2019, 22:16
ދިރާގުގެ 30 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 25 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ކުރުނބާ މޯލްޑިވްސްގައި 8:15 ގައެވެ.
ދިރާގުން ބުނީ، މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ރެޖިސްޓްރޭޝަން ފޯމްތައް ދިރާގު[email protected]ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަކުރެއްވުމަށްފަހު މަތީގައި ދެންނެވިފައިވާ އީމެއިލްއަށް އީމެއިލްކޮށް ނުވަތަ ދިރާގު ހެޑް އޮފީހުގެ ރިސެޕްޝަނަށް ހަވާލުކޮށްލެވޭނެއެވެ. އަދި ޙިއްސާދާރުންނަށް "މި ލިންކުން" އޮންލައިންކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަސް ދިރާގުން ބުންޏެވެ.
ޙިއްޞާދާރުން ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ އަންނަ ހަފްތާ ބުދަ ދުވަހު ގެ 20:15 އެވެ. އަދި ހިއްސާދާރުންގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ ސުންގަނޑިއަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގެ ނިޔަލަށެވެ.
މިޖަލްސާގެ ނޯޓިސް، ދިރާގުގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި ޖަލްސާއާއި ބެހޭ އިތުރު ތަފްސީލް ދިރާގުގެ ވެބްސައިޓުގެ "މި ލިންކުން" ލިބި ވަޑައިގަންނަވާނެއެވެ.