18 Apr 2019, 21:52
މިއަހަރުގެ ޑޮކްޓަރުންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ހާއްސަ ޕްލޭނެއް އުރީދޫ އިން މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ، މި ޕްލޭން މެދުވެރިކޮށް، ޓްވިޓަރ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ހާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭނެއެވެ.
ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ، އުރީދޫ ހެޑްކުއާޓާސްގައި މިއަދު ބޭއްވުނު ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.
އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ، ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއް ނެތް ދައުރެއް އަދާކުރަމުންދާ ބަޔެއް ކަމަށާއި ޑޮކްޓަރުންގެ ދައުރު އަގުވަޒަން ކުރުމަށް ފާހަގަ ކުރާ ޑޮކްޓަރުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ޑޮކްޓަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފްކުރުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކެޕްޝަން..
އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ޕްލޭންގައި ހިމެނޭ މުހިންމު އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި:
އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުން
- ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތައް
- ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު
- ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ޙާއްސަ ޑޭޓާ އެލަވަންސެއް
އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން، މިއަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ޚިޔާރުކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.