ދިރާގު ޓީވީ އަށް އެންމެ ފަހުން ތައާރަފު ކުރި ޕެކޭޖުތަކަށް ހިލޭ އެޑް އޮންސް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ ބޭސިކް ޕެކޭޖަށް ސަބްސްކްރައިބް ކުރުމުން އެކްސައިޓްމެންޓް އެޑް އޮން ޕެކޭޖު ހިލޭ ލިބޭނެ ކަމަށެވެ. އެކްސައިޓްމެންޓް އެޑް އޮން ޕެކޭޖުގައި ހިމެނެނީ 22 ޗެނަލެވެ. މި އެޑްއޮން އަކީ މީގެ ކުރިން 120 ރުފިޔާ އަށް ލިބޭ އެޑް އޮން ޕެކޭޖެކެވެ.

ދިރާގުން ބުނީ ދިރާގު ޓީވީ އިން ދޫކުރާ ހުރިހާ ޗެނަލެއް 399 ރުފިޔާ އަށް މިހާރު ބަލާލެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ މުއްދަތަކީ ޖޫން މަހުގެ ނިޔަލަށެވެ.

ދިރާގުން ބުނީ އޭޕްރީލް 18ގެ ކުރިން ދިރާގު ޓީވީގެ އިންޓްރޯ ޕެކޭޖު ނަގާފައި ތިބޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އައިޕީޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ދެ އަހަރު ތެރޭ ދިރާގު ޓީވީ އިން ވަނީ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.