18 Apr 2019, 12:12
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަން އަކަށް މުހައްމަދު ފަހީމް އައްޔަނު ކުރައްވައިފި އެވެ.
ފަހީމް މަގާމަށް އައްޔަނު ކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭނާ އަކީ ސިލިކާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރެވެ.
ވިޔަފާރީގައި 20 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ ފަހީމް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި 2009 ވަނަ އަހަރުން ފެށިގެން 2011 އާ ހަމައަށް ޑެޕިޔުޓީ މިނިސްޓަރުކަން އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ 2008 އިން 2009 އަށް އަދި 2011 އިން 2014 އަށް ނ.އަތޮޅު ކައުންސިލަރުކަންވެސް އަދާ ކުރައްވައިފަ އެވެ.
ފަހީމްގެ އިތުރުން އެމްޓީސީސީގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ސީއީއޯ ހަސަން ޝާހު އާއި އިތުރު ތިން ޑިރެކްޓަރުން ކަމަށްވާ ސިނާން އަލީ، ޝާހިދު ހުސައިން މޫސާ އަދި އަބްދުﷲ ޝާއިރެވެ.