18 Apr 2019, 09:19
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕޮޕް މިއުޒިކްގެ ރާނީ މެޑޯނާ 60، ގެ އާ އަލްބަމެއް ގެނެސްދޭން ނިންމައިފި އެވެ.
ގިނަ ދުވަސްތަކަކަކަށް ފަހު އާ އަލްބަމެއް ގެނެސްދޭން ނިންމާފައިވާ ކަމަށް އޭނާގެ ޓްވިޓާ އެކައުންޓްގައި ހާމަކުރި އިރު އެ އަލްބަމްގެ ނަން ވެސް އޭނާ ވަނީ ހާމަކޮށްފަ އެވެ.
"މެޑަމް އެކްސް"ގެ ނަމުން އަލްބަމަށް ނަންދިން އިރު އެ އަލްބަމް ނެރޭ ތާރީހެއް އިއުލާންކޮށްފައެއް ނުވެ އެވެ.
— Madonna (@Madonna)April 13, 2019
އޭނާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2015 ވަނަ އަހަރެވެ. މެޑޯނާ ވަނީ ދުނިޔޭގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފަ އެވެ.
Madame ❌ June 14, 2019 ❌ listen to#Medellinft.@malumanow ❌pic.twitter.com/HQBAWiXdSW
— Madonna (@Madonna)April 17, 2019
އޭނާ ގިނަ ލަވަތަކެއް އާންމުންގެ މެދުގައި މަގުބޫލެވެ. އާންމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ "ލައިސް ލާ ބޮނީތާ" އަކީ ވެސް މެޑޯނާގެ ލަވައެކެވެ. މެޑޯނާގެ ބައެއް ލަވަތަކުގެ ތެރޭގައި "ލަކީ ސްޓާ"، "ޗެރިޝް" އަދި "ޔޫ ވިލް ސީ" ހިމެނެ އެވެ.