18 Apr 2019, 09:05
ކަންގަނާ ރަނައުތު އަދި ރާޖްކުމާރު ރާއޯގެ ކުރިއަށް އޮތް ފިލްމު "މެންޓަލް ހޭ ކިޔާ" ޕްރިމިއާކުރާނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު ކަމަށް ބޭރުގެ ހަބަރުތައް ބުނެފި އެވެ.
ކުރިން އެ ފިލްމު ރިލީޒްކުރަން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީހަށް ބަދަލު ގެނެސް ފިލްމު އަޅުވަން ހަމަޖެއްސީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް އަނެއްކާ ވެސް ފިލްމު އަޅުވާ ތާރީހަށް މިވަނީ ބަދަލެއް ގެނެއްސަ އެވެ.
ފިލްމުގެ އެންމެ ފަހު މަންޒަރުތައް ނަގައިފައި ވަނީ ލަންޑަންގަ އެވެ.
ކަނިކާ ޑިލޯން ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ޕްރަކާޝް ކޮވެލާމުޑީ ޑައިރެކްޓުކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ޕްރޮޑިއުސް ކޮށްފައި ވަނީ އެކްތާ ކަޕޫރެވެ.
Get ready for craziness that cuts through.#MentalHaiKya- releasing on 21st June 2019.#MentalHaiKyaOn21stJune#KanganaRanaut@RajkummarRao@ektaravikapoor@RuchikaaKapoor@ShaaileshRSingh@pkovelamudi@KanikaDhillon@KanganaFanClubpic.twitter.com/yZYoW35Ee4
— BalajiMotionPictures (@balajimotionpic)April 17, 2019
ކަންގަނާ އާއި ރާޖްކުމާރު ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ރިލީޒް ކުރި ބްލޮކްބަސްޓާ ފިލްމު "ކުއީން"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއީ ދެމީހުން އެކުގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ.
"މެންޓަލް ހޭ ކިޔާ"ގެ ގިނަ ޕޯސްޓަރު ތަކެއް މިހާރު ބެލުންތެރިންނާ ހަމައަށް އައިސްފައި ވާއިރު، މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.