10 Jun 2010, 09:25
14:30
އަފްގާނިސްތާނުގެ ކަންދަހާރުގައި ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާއެއްގެ ތެރެއަށް ވަދެ މީހަކު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 39 މީހުން މަރުވެ، 70 މީހުން ޒަހަމްވެއްޖެ އެވެ.
ކަންދަހާރުގައި މި ހަމަލާދީފައި ވަނީ އެ ކައިވެނި ހަފްލާގެ ތެރޭގައި ގާތްގަނޑަކަށް ސަތޭކައެއްހާ މީހުން ކާންތިއްބާ އެހަފްލާގެ ތެރެއަށް ވަން މީހަކު އަމިއްލަ އަށް ގޮއްވައިލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ކަމަށް ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނެ އެވެ.
މި ހަމާލާގައި ޒަހަމްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ފިރިހެނުން ހިމެނޭ ކަމަށާއި މިހަލާ އަކީ މީހަކު ޖާނުން ފިދާވެގެން ދީފައިވާ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމުގައި ވީނަމަވެސް މި ހަމަލާގެ އަޑީގައި ވަނީ ކޮން ބައެއްކަން އެނގިފައިނުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ތާލިބާނުން ވަނީ އެކަމުގައި ޒިންމާނުވާ ކަމަށް ބުނެ އެހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.