ބީއެމްއެލް މޯބައިލް ޕޭ އިން މޯލްޑިވް ގޭހުގެ ޕްރޮޑަކްޓްސް ގަތުމުން 10،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވް ގޭސް އިން ބުނީ މި މަހުގެ 15 އިން އަންނަ ޖޫން މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ބައިވެރިވުމުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި ގުރުއަތުން ހޮވޭ ފަސް ފަރާތުންކުރެ ކޮންމެ ފަރާތަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް މޯލްޑިވް ގޭސްއިން ބުންޏެވެ.

ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ގޮތް---

މޯލްޑިވް ގޭސްއިން ބުނީ ބީއެމްއެލް މޯބައިލް ޕޭ އަށް ރެޖިސްޓާ ކުރުމުން މޯލްޑިވް ގޭސްއިން ގޭސް ފުޅި ގަނެވޭނެ ކަމަށެވެ.