17 Apr 2019, 12:52
ބޮޑެތި ޑިސްކައުންޓްތަކާކާއެކު ވީއޭއެމްކޯއިން "އިންޖީން ޔަގީން ޕްރޮމޯޝަން"ގެ ނަމުގައ ހާއްސަ ޕްރޮމޯޝަނެއް ފަަށައިފިއެވެ.
މިއީ އަންނަ ޖޫން މަހު 15 އާ ހިސާބަށް ކުރިއަށްގެންދާ ޕްރޮމޯޝަނެެކެވެ.
އެ ޕްރޮމޯޝަންގެ ދަށުން ބައްލަވައިގަންނަވާ ކޮންމެ ޑޫސާން ޑައިވޫ އަދި ނަންނި މެރިން ޑީސަލް އިންޖީނަކާއެކު %20 އާ ހަމައަށް ކޭޝް ޑިސްކައުންޓާއި އަދި ހިލޭ އިންސްޓަލޭޝަން ސާމާނު ލިބޭނެކަމަށް ވީއޭއެމްކޯއިން ބުންޏެވެ.
އޭގެ އިތުރުން ގަންނަ ކޮންމެ އިންޖީނަކާއިއެކު އަޑީތެލާއި ކޫލަންޓްގެ އިތުރުން އެ އިންޖީނު ހިލޭ އިންސްޓޯލްކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ އިންޖީނު އިންސްޓޯލްމަންޓަށްވެސް ނެގޭނެކަމަށް ވީއޭއެމްކޯއިން ބުންޏެވެ.
ވީއޭއެމްކޯއިން ވިއްކާ ޑޫސާން ޑައިވޫ އަދި ނަންނި މެރިން އިންޖީނަކީ ރާއްޖޭގެ 500 އަށްވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ އިތުބާރު ލިބިފައިވާ ބްރޭންޑެތަކެކެވެ. އަދި މިދިޔަ ތިން އަހަރުގެ މޯލްޑިވްސް ބޯޓިންގް އެވޯޑްސްގައި އެންމެ މަގުބޫލު މެރިން އިންޖީނުގެ އެވޯޑާއި އެންމެ ރަނގަޅު މެރިން އިންޖިނިއަރިން ސާވިސްގެ އެވޯޑު، ވީއޭއެމްކޯއިން ވިއްކާ އިންޖީނާއި ދޭ ހިދުމަތަށް ލިބިފައިވެއެވެ.
ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ އަދި ތެލުގެ ހަރަދު ކުޑަ މި އިންޖީނުތަކުގެ ދުވަލި ބާރުވެފައި، އަޑުމަޑުވެ އަދި އުފެދޭ ވައިބްރޭޝަންވެސް ކުޑައެވެ.
160 ހޯސްޕަވަރުން ފެށިގެން 1،200 ހޯސްޕަވަރާ ދެމެދުގެ ލައިޑް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނުގެ އިތުރުން 10 ހޯސްޕަވަރުން ފެށިގެން 135 ހޯސްޕަވަރާއި ދެމެދުގެ ނަންނި މެރިން އިންޖީނު ހާއްސަކުރެވިފައިވަނީ ކުދި ދޯނިފަހަރުތަކަށެވެ.
ވީއޭއެމްކޯގެ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އިންޖީނު މަރާމާތުކޮށް ސާވިސްކުރުމުގެ ހިދުމަތް ލިބޭއިރު، ޑޫސާން ޑައިވޫ އަދި ނަންނި މެރިން ޑީސަލް އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ ވީއޭއެމްކޯއެވެ.