17 Apr 2019, 09:13
ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން" ދެއްކުން ހުއްޓާލާނެ ކަމަށް ޑްރާމާގެ ބަތަލާ ކްރިޝްނާ މުކަރްޖީ(އާލިއާ) ކަށަވަރުކޮށްދީފިއެވެ.
އެ ސިލްސިލާ ދެއްކުން ހުއްޓާލަން އުޅޭ ކަމަށް ހަބަރު ފެތުރުނު ނަމަވެސް ކުރިން އެކަމާ ގުޅޭގޮތުން ފިލްމުގެ ޓީމުން ރަސްމީކޮށް އެއްޗެކޭ ބުނެފައެއް ނެތެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކްރިޝްނާ ބުނީ އަންނަ ޖޫން މަހު ޑްރާމާ ދެއްކުން ހުއްޓާލާނެ ކަމަށެވެ.
"ޝޯ ދެއްކުން ހުއްޓާލަނީ ކީއްވެ ކަމެއް ނޭނގޭ. އަނެއްކޮޅުން އެހާ މީހުން ބަލާ ޑްރާމާއެއް. ވަރަށް ދެރަވޭ ޑްރާމާ ދެއްކުން ހުއްޓާލާތީ. ހުރިހާ އެންމެން މަތިންވެސް ވަރަށް ހަނދާންވާނެ. މިއީ ހަމަ އާއިލާއެއް،"
"ޔޭ ހޭ މޮހޮއްބަތައިން" ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.