މަޖީދީ މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިރޭ އިރުއޮއްސި 19:38 ހާއިރު މަޖީދީ މަގު ކެމްޕަސް ފިހާރަ ކައިރީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަޖީދީ މަގުން ދުއްވާފައި ދިޔާ ކާރެއްގޭ ހެޑް ލައިޓް ގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ތޭރަ ތޭރަ ޓެކްސީ ސެންޓަރުގެ އެ ކާރުގެ ހެޑް ލައިޓްގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ.