ރާއްޖޭގެ ރަށްރަށުގެ ތެރެއިން ކުދި އަދި ޙާލަތު ދެރަ ކަރަންޓްދޭ ނިޒާމްތައް ހުރި ރަށްރަށުގައި، އިރުގެ ހަކަތައިން ކަރަންޓްދޭ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.

މިކަން މިގޮތަށް ނިންމެވީ، އެކަމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ވަޒީރުންގެ މަޖިލީހުގައި ވަޒީރުން މަޝްވަރާތައް ކުރެއްވެވި އިރު ވިދަޅުވީ ބައެއް ރަށްރަށުގައި ކަރަންޓް ދިނުމުގެ ކުދި ނިޒާމްތައް ޤާއިމް ކުރެވިފައިވުމާއި، ކަރަންޓް ބޭނުންކުރެވޭ ޢަދަދު މަދުވުމާއެކު، އެ ރަށްރަށުގައި ކަރަންޓް އުފައްދަން ޖެހެނީ ވަރަށްބޮޑު އަގެއްގައިކަން ކަމަށެވެ. އަދި އިރުގެ ހަކަތައިން ކަރަންޓްދޭ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއެއް ފެށުމަކީ މި މައްސަލައަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ފެނިގެންދާނެ ކަމަށެވެ.