18 Oct 2011, 17:46
ބ. އަތޮޅު ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަނަށާއި ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާގެ ބައި އިލެކްޝަނަށް ފަސް ފަރާތަކުން ކުރިމަތިލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާ އަށް އެމްޑީޕީ ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ކެންޑިޑޭޓެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި ތުޅާދޫ ދައިރާ އަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ކެންޑިޑޭޓެއް ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ދެ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.