15 Apr 2019, 14:16
ހުޅުމާލޭ ފެރީ ޓާމިނަލްއާއި ސެންޓްރަލް ޕާކާ ދެމެދު އޮންނަ ހުސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ ރިޕޯޓު އެމްޑީއެފް އަށް ލިބުނީ މިއަދު މެންދުރު 1:21 އެހާކަށް ހާއިރު އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އަހްމަދު އާޒިމް "ސަން" އަށް ވިދަޅުވީ، އަލިފާން ރޯވެފައިވަނީ ހުސް ބިމުގައި ހުރި ވިނަތަކެއްގައި ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާކަމަށެވެ.
Hulhumale’ Central park kairee onna hus bimehgai roave andhanee.
Video: @sunbrk kiyunatheriehpic.twitter.com/lptuTlwMLo— Ťêđ (@tedmaldives)April 15, 2019
މިއަދު މެންދުރު 3:15 އެހަކާށް ހާއިރު އަލިފާންގަނޑު ރޯވުން އެކޮށް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ދުން އެ ސަރަހައްދުން ދުން އަރަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

ހުޅުމާލޭ ހުސް ބިމެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްޑީއެފްއިން މަސައްކަތް ކުރަމުން ދަނީ: އަދިވެސް އެ އަލިފާންގަނޑު ކޮންޓްރޯލް ނުވޭ
އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށާއި ފުލުހުން އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި މެންދުރު ރޯވާން ފެށި އަލިފާނަގނޑު މިރޭ އެކޮށް ނިއްވާލެވުނު ނަމަވެސް، މިރޭ 11 ޖެހި އިރުވެސް އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއު ޓީމުން އަދިވެސް އެ ސަރައްހައްދަށް ދޭތެރެ ދޭތެރެއިން ފެން ޖަހަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.