އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރުމަށް ހަތަރު މީހަކު ޝޯޓްލިސްޓު ކޮށްފިއެވެ.

މިއަހަރުން ފެށިގެން އަންނަ އަހަރަށް އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލު ކުރާނެ ފަރާތެއް ހޯދުުމަށް މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ނަންތައް ޝޯޓު ލިސްޓުކޮށްފައިވަނީ އެ ފަރާތްތަކުން ހުށަހެޅި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރި އިންޓަވިއުއަށް ރިއާޔަތްކުރުމަށް ފަހު އެވެ. އެ ފަރާތްތަކަކީ

އާއިޝަތު ފަޒީނާ:މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގެ ބިޒްނަސް ސްކޫލް ގެ އެސޯސިއޭޓް ލެކްޗަރާ އެއްގެ މަގާމުގައި ހުންނެވި ފަޒީނާ އަކީ އަދި އޭނާއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަދި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގެ ބޯޑު ޑިރެކްޓަރއެކެވެ. އަމިއްލަ މަސައްކަތުގެ ގޮތުގައި، ކޮންސަލްޓަންސީ އަދި އޮޑިޓިންގ ގެ މަސައްކަތްވެސް ކުރައްވައެވެ.

ފަޒީނާ ވަނީ އޭ.ސީ.ސީ.އޭ އެފްލިއޭޓް މެމްބަރޝިޕް އަދި ބެޗެލަރ އޮފް ސައިންސް (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ އާއި ސީއޭޓީ ހައްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަ ޓްރެއިނިންގް ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. އޭނާ ވަނީ ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ އަދި، ސިންގަޕޯ އިންސްޓިޓިއުޓް އޮފް ޑިރެކްޓާސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓާޝިޕް ފުރިހަމަކުރައްވާފައެވެ. ފަޒީނާއަކީ 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ އެއް ހިއްސާގެ ވެރިފަރާތެވެ.

އާމިނަތު ރުޝްމާ:އާމިނަތު ރުޝްމާއަކީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ސީނިއަ ޓްރެއިނިން ކޯޑިނޭޓަރެެއްގެ އިތުރުން މެޕްސް ކޮލެޖްގެ ލެކްޗަރައެކެވެ. ރުޝްމާ ވަނީ އިންޓަރނެޝަނަލް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަން، ބީހައިވް ނަލަހިޔާ ހޮޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްކަން އަދި، ސިވިލް ސަރވިސް ކޮމިޝަންގެ ޕަބްލިކް ރިލޭޝަން އޮފިސަރުކަމާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އޮފިސަރކަންވެސް އަދާކުރައްވާފައެވެ.

ރުޝްމާވަނީ މާސްޓަރ އޮފް މެނޭޖިރިއަލް ސައިކޮލޮޖީ، ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ބީޓެކް ނެޝެނަލް ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އައިއޭޓީއޭ ޑިޕްލޮމާ އިން އެއަރލައިން ޓިކެޓިންގ، ރެޒަވޭޝަން އެންޑް މާކެޓިންގ ހައްދަވާފައެވެ.
ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ 1 ހިއްސާގެ ވެރިފަރާތެވެ.

މަންސޫރު ޒުބައިރު "މަންސޫރު ޒުބައިރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްޓެޓިސްޓިކް ޑިވިޝަންގެ އެސިސްޓަންޓު އެގްޒެކްޓިވް ޑިރެކްޓަރުގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަދި ޕެކްޓޮރާ އެންޓަޕްރައިސެސް ޕވޓ ލޓޑގެ ބޯޑު ޑިރެކްޓަރެކެވެ. އޭނާ ވަނީ ބީބީ އިންވެސްޓްމަންޓް ޕވޓ ލޓޑ ގެ މެނޭޖިންގ ޑިރެކްޓަރުކަމާއި މޯލްޑިވްސް އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރކަން، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފައިނޭންސް ކޮމިޝަންގެ މެމްބަރުކަން އަދި މެމްއެމްއޭގެ އިންފޯމޭޝަން އޮފިސަރު އަދި މީޑިޔާ އޮފިސަރުކަމާއި މިނޫންވެސް ގިނަ މަގާމްތަކެއް އެމްއެމްއޭގައި އަދާކުރައްވާފައެވެ.

މަންސޫރު ޒުބައިރު ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަ އޮފް ކޮމަސް އިން ބޭންކިން އެންޑް ފައިނޭންސް، އެޑްވާންސް ޑިޕްލޮމާ އިން ކޮމަސް އަދި، ސްޓެސްޓިކަލް ޓްރެއިނިން ޑިޕްލޮމާއެއް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޓްރެއިނިން ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު، އޭނާ ވަނީ ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ އަދި ސިންގަޕޯ އިންސްޓިޓިއުޓް އޮފް ޑިރެކްޓަސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ޕްރޮގްރާމްގެ ގިނަ މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.
މަންސޠޫރު ޒުބައިރަކީ 2006 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތެވެ.

މުހައްމަދު އިމްތިޝާލް އަހުމަދު:މުހައްމަދު އިމްތިޝާލް އަހުމަދު މިހާރު އަދާކުރައްވާ މަގާމްތަކުގެ ތެރޭގައި ޑެނިކޮން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގެ މެނޭޖަރުކަން، ޔޫ ޓުއަޒް މޯލްޑިވްސް ގެ ޑިރެކްޓަރުކަން، އަދި ރަބާހު އިންޓަނެޝަނަލްގެ މެނޭޖިންގ ޑިރެކްޓަރުކަން ހިމެނެއެވެ. އޭނާވަނީ ކުޑަފަރި ޔޫތު މޫވްމަންޓުގެ އިލެކްޓެޑް ޖެނެރަލް ސެކްރެޓަރީކަން، ސްރީ ލަންކާގެ ސްޓޫޑަންޓް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީކަން އަދި ކްލިކް ކޮލެޖްގެ ޑަބްލިއުއައިޓީޓީއެސް ގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަންވެސް ކުރައްވާފައެވެ.

އިމްތިޝާލްވަނީ ޑިޕްލޮމާ އިން ޓުއަރިޒަމް މެނޭޖްމަންޓް، ޑިޕްލޮމާ އިން ވެބް ޑިޒައިނިންގ އަދި ޑިޕްލޮމާ އިން މެނޭޖްމަންޓް ފުރިހަމަކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ބެޗެލަރސް ޑިގްރީ އިން މެނޭޖްމަންޓް އެންޑް މާކެޓިންގ ގެ ބައެއް މޮޑިއުލްތައް ފުރިހަމަކުރައްވާފައެވެ.
އިމްތިޝާލަކީ 2019 ވަނަ އަހަރުން ފެށިގެން މިކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތެވެ.