14 Apr 2019, 18:28
ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ބޭއްވުމުގެ ތައްޔާރީތައް ނިމިއްޖެއެވެ.
މިމަހުގެ 17 އިން 26 އަށް ދަރުބާރުގޭގައި ބާއްވާ މިނައިޓް މާކެޓަކީ ކުރިޔަށް އޮތް ރޯދަ މަހާއި ދިމާކޮށް ރައްޔިތުންނަށް އެއްތާކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓެކެވެ.
މިއީ ރާއްޖޭގައި މާކެޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. މިމާކެޓް ގައި ބައިވެރިވެފައިވާ ފަރާތްތަކަށް ފާސް ދޫކުކުރމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ސްޓޯލް ނަގާފައިވާ ފަރާތްތަކުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ލިކަމެކް ނައިޓް މާކެޓްކުރިއަށްދާނީ އޭޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 16:00 އިން އެރޭ 23:00 އަށެވެ. އަދި 18 ވަނަދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ.
މިދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެއެވެ.
ލިކަމެކް ނައިޓް މާކެޓްގެ އެކެންޓީން ހިންގާނީ ދަ ކިޗަންގެ އިންނެވެ.