ރަމަޟާން މަހަށް ހާއްސަކޮށްގެން ދަމާސް އިން "ވާއު ސޭލް"ގެ ނަމުގައި ފަރުނީޗަރުސޭލް އެއްކުރިއަށް އެބަ ގެންދެ އެވެ.

މެއި މަހުގެ 15 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލުގެ ތެރެއިން ދަމާސް އިން ގަންނަ ސޯފާސެޓް، ބެޑްރޫމްސެޓް، ބަދިގެ ކަބަޑު ސެޓް އަދި ޑައިނިން ޓޭބަލް ސެޓުތަކުން ޑިސްކައުންޓު ލިބޭނެ އެވެ.

ދަމާސް އިން ބުނީ އެ ކުންފުނީގެ ފަރުނީޗަރު ފިހާރަތަކުން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ލަކީޑްރޯއެއް ވެސް މި ސޭލުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.

ލަކީޑްރޯއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހުރި އިނާމްތަކެއް ދޭން ނިންމާފައިވާ އިރު، އެއްވަނަ އަށް ދާ ފަރާތަކަށް ބެޑްރޫމް ސެޓެއް، ދެވަނަ އަށް ދާ ފަރާތަކަށް އިންޑެކްސް ބްރޭންޑްގެ ބަދިގެ ކަބަޑު ސެޓެއް އަދި ތިން ވަނަ އަށްދާ ފަރާތަކަށް ސޯފާ ސެޓެއް ދޭނެ އެވެ.

ދަމާސް ވާއު ސޭލްއިން ވިޔަފާރި ކުރަ ކޮންމެ ކަސްޓަމަރަކަށް ވެސް ކޫޕަން ދޭނީ ޑިޖިޓަލް ކޮށެވެ. މިއީ ކަރުދާސް ބޭނުން ކުރެވޭ މިންވަރު މަދުކޮށް ތިމާވެއްޓާ ވީހާވެސް ރައްޓެހި، އަދި އާއްމުންނަށް ވެސް ލުއި ފަސޭހަ ވާނޭ ގޮތަކަށް މިކަން ކުރުމުގެ މަޤްސަދުގައި ނިންމި ނިންމުމެކެވެ.

ދަމާސް ކުންފުންޏަކީ ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރީގައި 25 އަހަރު ހޭދަކޮށްފައިވާ، އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. ދަމާސް ފަރުނީޗަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ފުއާދު ވިދާޅުވީ އާއްމުންގެ މެދުގައި މަގުބޫލު ފަރުނީޗަރު ފިހާރައެއްގެ ގޮތުގައި މިހާ ދިގު މުއްދަތެއްގައި އޮތުމުގެ ސަބަބަކީ ސްޓަމަރުންނަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު އަދި އަވަސް ހިދުމަތް ކަމަށެވެ.