އަމީނީ މަގުގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު މީހަކު "ސަން" އަށް ބުނީ އަމީނީމަގުންް ދުއްވާފައި ދިޔަ ޕިކަޕެއް ފަހަތަށް ޖެހި ވަގުތު، ދުއްވާފައި އައި ސައިކަލެއްގައި ޖެހި، ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ އަށް އަނިޔާވެފައިވާ ކަމަށެވެ.

އަންހެން މީހާ ހޮސްޕިޓަލަށް ގެންސްގޮސްފައިވާކަމަށް މަންޒަރު ދުށް މީހާ "ސަން" އަށް ބުންޏެވެ.


ފުލުހުން ބުނީ އަމީނީ މަގުގައި ހިނގިއެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާގެ ކަނާތު ކޮނޑު ހުޅުން ނެއްޓި ފައި މެށިފައިވާކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު މީހާ "ސަން" އަށް ބުނީ ސައިކަލުގައި ޖެހުމުން ޕިކަޕު ކުރިއަށް ހިފާލިވަގުތު، ޕިކަޕު ކޮންޓްލޯނު ނުވެގޮސް، ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިފައިވާ ކަމަށެވެ. ޕިކަޕުން ޖެހި ކާރުގެ ފަހަތް ވަރަށް ބޮޑަށް ބަނޑިވެ، ފަހަތު ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

ރޭވެސް މާލޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.