މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 10 ޕެކެޓާއެކު ހދ. ކުޅުދުއްފުށީ ބަނދަރުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ އިއްޔެ ހަވީރު ކުޅުދުއްފުށީ ބަނދަރު ސަރަޙައްދުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެސަރަހައްދަށް ގޮސް ފާސް ކުރުމަށް ފަހު ކަމަށެވެ. އަދި ބުނީ 23 އަހަރުގެ އެ މީހާ ޗެކުކުރި އިރު ގެންގުޅުނު ފޮއްޓެއްގެ ތެރޭގައި އޮތް ޗިޕްސް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 10 ޕެކެޓް ފެނިފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރު ކުރީ ކޮން ރަށެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރީ ކުޅުދުއްފުއްޓަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.

އެމީހާ ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މީގެ ތިން މަސް ކުރިން ކުޅުދުއްފުށިން ވަނީ 43 ރަބަރު ޕެކެޓާއެކު ވެސް މީހަކު ހައްޔަރު ކޮށްފަ އެވެ.