ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ބީއެމްއެލްއިން އިފްތިތާހު ކޮށްފިއެވެ.

ބީއެމްއެލްއިން އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ސްވިމިން އެސޯސިއޭޝަނާ ގުޅިގެންނެވެ.

ވިލިނގިލީގައި މިއަދު ފެށި އެ ޕްރޮގްރާމްގައި ފަތާން ދަސްކޮށްދޭނީ ސްމިމިން އެސޯސިއޭޝަންގެ ތަޖުރިބާކާރު ކޯޗުންކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ތަނަކަށް ވެފައި ކޮންމެ މީހަކީ ވެސް ފަތަން ދަންނަ މީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އަދި މިއަދުގެ ޕްރޮގްރާމްއަކީ އެގޮތުން ފެށި އިޖުތިމާއީ ހަރަކާތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ފަތަން ދަސްކޮށްދިނުމަށް ބީއެމްއެލްއިން އިފްތިތާހްކުރި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ:ބީއެމްއެލް

އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސްވިމިން އެސޯސިއޭޝަނުން އެޕްލިކޭޝަން ފޯމްތައް ލިބެން ހުންނާނެ ކަމަށްވެސް ބީއެމްްއެލްއިން ބުންޏެވެ.

އެ ޕްރޮގްރާމްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.