18 Oct 2011, 16:02
ޗައިނާގެ މަޝްހޫރު އާޓިސްޓެއް ކަމަށްވާ ޔުއާން ޒީކުން، (ފޮޓޯގައި) ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ދަރިވަރުންނަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭގޮތުން މައުލޫމާތު ދީފި އެވެ. ޔުއާން ރާއްޖެ އައީ ރާއްޖޭގެ ނާޒުކު ތިމާވެށި ބަލައިލުމަށް ރައީސް ނަޝީދު ދެއްވެވި ދައުވަތަކަށެވެ.
މިއަދު މެންދުރު ޣިޔާސުއްދީނުގައި އެ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށް ޔުއާން ބުނީ ރާއްޖޭގެ ތިމާވެށި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެހެން ގައުމުތަކުގެ އެހީ ރާއްޖޭގެ ތިމާވެއްޓަށް ދޭން ޖެހިފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގައި ދަރިވަރުންގެ އެހީއާ އެއްބާރުލުން ވެސް ރާއްޖެއަށް ބޭނުންވެފައިވާ ކަމަށެވެ.
" މިހާރު ތިމާވެށި ރައްކާތެރި ކުރުމުގެ ދަންމަރު މި އޮތީ ތިޔަކުދިން ގެ އައްމަތީގައި " ތިމާވެށީގެ މައުލޫމާތު ހިއްސާ ކުރުމަށްފަހު ޔުއާން ބުންޏެވެ.