12 Apr 2019, 19:52
ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އެތަކެއް ސިއްރުތަކެއް ފަޅާއަރުވާލި ވިކިލީކްސް ބާނީ ޖޫލިއަން އަސާންޖް ހައްޔަރުކުރުމާއެކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އުފާފާޅުކުރަމުން އެބަދެއެވެ.
އަސާންޖް ހައްޔަރުކުރުމާ ގުޅިގެން އުފާ ފާޅުކުރަމުންދާ މެމްބަރުންގެ ތެރޭގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަން މެމްބަރުން ހިމެނެއެވެ.
ވިކިލީކްސް މެދުވެރިކޮށް އަސާންޖް ވަނީ އެމެރިކާގެ ސެނެޓުގެ ބައެއް މެމްބަރުންގެ "ކޮންފިޑެންޝަލް" ލިޔެކިޔުންތައްވެސް ލީކު ކޮށްލައިފައެވެ.
ލަންޑަންގައި ހުންނަ އިކުއަޑޯގެ އެމްބަސީގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެތަކެއް އަހަރުތަކެއް ވަންދެން އަސާންޖް ހުންނެވި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެކަން ވަނީ ނިމުމަކަށް އައިސްފައެވެ. އިނިގިރޭސިވިލާތުގެ ސިފައިން އެންމެ ފަހުން ވަނީ އެ އެމްބަސީގެ ތެރެއަށް ވަދެ އަސާންޖް ދަމާ ނެރެ ހައްޔަރުކޮށްފައެވެ.
"It will be really good to get him back on United States soil," says@Sen_JoeManchinon Julian Assange's arrest.
"He is our property and we can get the facts and the truth from him."https://t.co/fLnA1AKrpJpic.twitter.com/0pKuILT6NP— New Day (@NewDay)April 11, 2019
އަސާންޖް ހައްޔަރުކުރުމުން އުފާފާޅު ކުރަމުންދާ މެމްބަރުންގެ ތެރޭގައި ސެނެޓަރު ޖޯ މަންޗިންވެސް ހިމެނެއެވެ. އަސާންޖް ހައްޔާރުކުރުމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަސާންޖްއަކީ މިހާރު އެމެރިކާގެ "ޕްރޮޕަޓީ" އެއް ކަމަށެވެ.
Now that Julian Assange has been arrested, I hope he will soon be held to account for his meddling in our elections on behalf of Putin and the Russian government.
— Chuck Schumer (@SenSchumer)April 11, 2019
އަދި ބައެއް މެބްބަރުން ވަނީ ޖޫލިއާން އަސާންޖްއަކީ ރަޝިއާގެ އޭޖެންޓެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ. އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝުމާ ވިދާޅުވީ، ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށާއި އެކަމުގެ ހައްގު އަދަބު އަސާންޖްއަށް އެކަމުގައި ބައިވެރިވީތީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
Whatever Julian Assange's intentions were for WikiLeaks, what he’s become is a direct participant in Russian efforts to weaken the West and undermine American security. I hope British courts will quickly transfer him to U.S. custody so he can finally get the justice he deserves.
— Mark Warner (@MarkWarner)April 11, 2019
އޭގެ އިތުރުން އެމެރިކާގެ ސެނެޓަރު ބެން ސާސޭ ވަނީ، އަސާންޖްއަކީ ރަޝިއާގެ ބޮޑުވަޒީރު ވްލަޑިމިއާ ޕުޓިން ގެންގުޅުއްވާ މަކަރުވެރި "ޓޫލެއް" ކަމަށް ސިފަކުރައްވައިފައެވެ.