10 Jun 2010, 05:24
10:00
ސ. މީދޫއަށް ދަތުރުކުރި ލޯންޗަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗިއްސާއެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އަންގާރަ ދުވަހުގެ ހަވީރު އެ ތަކެއްޗާއެކު ތިން މީހުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށް އެ ތަކެތި މީދުއަށް އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ ސްޓޭޝަންގައި މަސައްކަތްކުރާ ޑްރަގް އޮޕަރޭޝަން ޓީމުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 14 ސެލޯފިންކޮޅު ފެނިފައި ވަނީ ލޯންޗް މީދޫ ޖެޓީއަށް ކައިރިކުރުމާއެކު ފުލުހުން ލޯންޗް ބަލާފާސްކުރުމުގެ ތެރޭގައި ލޯންޗްގެ މޫނު ދޮންނަ ތަށިތެރެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ.