ޓެކްސީއެއްގައި ބޭއްވިފައި އޮތް އަގުބޮޑު ޑައިވިން ކޮމްޕިއުޓަރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ރާއްޖެގައި މަސައްކަތްކުރާ އިޓަލީ މީހެއްގެ 1000 ޕައުންޑުގެ އަގުހުރި ޑައިވިން ކޮމްޕިއުޓަރެއް ގެއްލިގެން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން ސީސީޓީވީ ފޫޓޭޖު ބަލައިގެން އެ ޓެކްސީ ހޯދައި، ގެއްލިގެން ރިޕޯޓުކުރި ކޮމްޕިޔުޓަރު ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިހާރު އެ ކޮމްޕިއުޓަރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޑައިވް ކޮމްޕިއުޓަރަކީ ޑީކޮމްޕްރެސް ވުމުން ރައްކާތެރިވުމަށް ޑައިވިން އަށް ދާއިރު ބޭނުންކުރާ ޑިވަސް އެކެވެ.