މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކައި 50،000 ރުފިޔާ ފޭރިގަނެގެން ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު 12:15 ހާއިރު ހ.ލަންސިމޫގޯޅިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ 50،000 ރުފިޔާ ފޭރިގަތް މައްސަލާގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހެލެމެޓްއަޅައިގެން ބިދޭސީމީހާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތައް ފޭރިގަނެގެން ދުވެފައި ދަނިކޮށް." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ފައިސާ ފޭރި ގަނެގެން ދުވެފައި ދަނިކޮށް ފެނިފައިވަނީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ. އަދި މިހާރު އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.