ލ. ކުނަހަންދޫ ކައުންސިލް މެންބަރު ލިރުޣާމް ސަޢީދު (ފޮޓޯ) ޑީއާރްޕީން ވަކިވުމަށް އެދި އެޕާޓީ އާއި އިލެކްޝަންސް ކޮމިޝަނަށް މިއަދު ސިޓީ ފޮނުވައިފި އެވެ.
"މިއަދު 9:15 ގަ ސިޓީ ފޮނުވާލައިފިން ޑީއާރްޕީ އޮފީހަށާއި އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑު ޑީއާރްޕީން ވަކިކޮށްދިނުމަށް އެދި،" ކުރީގެ ފުޓްބޯޅަ ކުޅުންތެރިންތެރިޔާ ވިދާޅުވިއެވެ.

ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ ލިރުޣާމް އެޕާޓީން ވަކިވެ ވަޑައި ގަތުމަށް ހުށައެޅުއްވި ކަމަށް ބުނާ ސިޓީ ޕާޓީގެ އޮފީހަށް އަދި ލިބިފައި ނުވާކަމަށެވެ.

ލަރޭ ވިދާޅުވީ ކުނަހަންދޫ ރައްޔިތުންގެ ވިސްނުންހުރީ ތަރައްޤީ އާއި ކުރިއެރުމާއި ދިމާއަށް ކަމަށާއި އެހެންކަމުން އޭނާ ޑީއާރްޕީ މެންބަރެއްގެ ގޮތުގައި ހުރުމަކީ ކުނަހަންދޫ ރައްޔިތުން އެހާ ޤަބޫލު ކަމަކަށް ނުވާތީ ޑީއާރްޕީން ވަކިވެވަޑައިގަންވަވަނީ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުގެ ވިސްނުމާއި ފިކުރުވެސް ބައްޓަން ކުރަންޖެހޭނީ ކުނަހަންދޫ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށްކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑު އެބޭފުޅުންނަށް އިޙްތިރާމު ކުރަން. އެބޭފުޅުންނަށް އިޙްތިރާމާއި ޤަދަރު ކުރުމުގެ ގޮތުން އަޅުގަނޑު ޑީއާރްޕީން ވަކިމިވީ،"

ލަރޭ ކުނަހަންދޫ ކައުނސިލް މެމްބަރުކަމުގެ ގޮނޑިކާމިޔާބު ކޮށްފަވަނީ މިނިވަން މެންބަރެއްގެ ގޮތުގަ އެވެ. އޭނާ ޑީއާރްޕީއާ ގުޅިވަޑައިގަތީ ފަހުންނެވެ.
އޭނާ ވިދާޅުވީ ޑިއާރުޕީން ވަކިވުމަށްފަހު އަދި ގުޅޭނެ ވަކިޕާޓިއެއް ނުނިންމާ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Kunahandhoo Council Member Larey (mp3)