10 Apr 2019, 15:48
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިދިޔަ ދެ ދުވަސް ތެރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިހާބުގެ ވަަގުތީ ނަތީޖާ އިއުލާން ކުރުމަންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން މިރޭ 9:30 އިން ފެށިގެން އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީން ގައި ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
Rayyithunge Majleehuge Inthikhaabu 2019 ge rasmee natheeja iulaanu kurun mirey 21:30 ga Inthikhaabee Marukazuge Training Hall ga onnaane
— Elections Commission (@ElectionsMv)April 10, 2019
އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރުމަށް މިރޭ ނިންމާފައިވާ އިރު، އެ ކޮމިޝަނުން ވަނީ 74 ދާއިރާގެ ވޯޓު ފޮއްޓެއް އަލުން ގުނުމަށް ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ، މިރޭ ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އަލުން ގުނަން ނިންމި 74 ވޯޓު ފޮށީގެ ވޯޓުތައް ގުނާ ނިންމާލެވޭނެ ކަމަށެވެ.
މިހާތަނަށް ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަށް ލިބިފައިވަނީ 65 ގޮނޑިއެވެ. ބާކީ ހުރި ޕާޓީތަކަށް ލިބިފައިވަނީ، 15 ގޮނޑިއެވެ.
"ސަން" އިން ގެނެސް ދިން ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުންނަށް ގޮނޑި ލިބިފައިވާ އަދަދު:
އެމްޑީޕީ: 65
- ޕީޕީއެމް: 5
- ޖުމްހޫރީ ޕާޓީ: 5
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް: 3
- އެމްޑީއޭ: 2
- އަމިއްލަ: 7
For the first time in Maldives, a single political party gained super majority in a Majlis Election, with@MDPSecretariatsecuring 65 seats out of the 87. The 19th Majlis is to swear in on 28th of May, 2019.
Read More:https://t.co/ki8EKxNu47pic.twitter.com/CQwhbCWitz— sun.mv (@sunbrk)April 9, 2019
މަޖިލިސް އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 264،442 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ، 212،079 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 80 ޕަސަންޓް މީހުންނެެވެ. ވޯޓުލީ އަންހެނުންގެ އަދަދަކީ 105،077 އަދި ފިރިހެނުންގެ އަދަދކީ 107،002 އެވެ.