09 Apr 2019, 22:07
މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޑެންގީ ޖެހިގެން މި އަހަރުގެ މިހާތަނަށް 1493 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުގައި ބުނީ ޑެންގީ ޖެހިގެން މިދިޔަ މަހު އެކަނި ވެސް 465 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު ވަރަށް ބޮޑު އަދެއްކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ މަހު ޑެންގީ ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ހދ.، ރ، ލ. އއ. އދ. އަތޮޅުން ކަމަށެވެ. އަދި ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ބަލާ އިރު ޑެންގީ މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެއިން ކަމަށެވެ. ހުޅުމާލެ އިން އެކަނި ވެސް ޑެންގީ ޖެހިގެން 72 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
Weekly report: Dengue and Chikungunya
09 April 2019#Dengue#Chikungunya#April2019#DengueandChikungunyaCampaign@MoH_mv@psmnewsmv@Mihaarunews@Raajje_tv@VTVvmedia@raajjemv@Ch13official@Sangu_tv@sunbrk@avasmv@VaguthuOnline@Miadhu_News@vaavu@vtvmaldives@avasmvpic.twitter.com/oazOl2IVez— HPA Maldives (@HPA_MV)April 9, 2019
އެޗްޕީއޭ އިން ވަނީ ޗިކަންގުންޔާ ޖެހުނު މީހުންގެ އަދަދު ވެސް ރިޕޯޓްކޮށްފަ އެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް 271 މީހަކަށް ޗިކަން ގުންޔާ ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޗިކަންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެއިންނެވެ. އެގޮތުން 336 ކޭސް ހުޅުމާލެއިން އެކަނިވެސް މިއަަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވެއެވެ.