08 Apr 2019, 17:48
އިންފުލުއެންޒާ ވެކްސިން ޖެހޭނެ ފަސޭހަ އިންތިޒާމްތަކެއް ޓްރީޓޮޕް ހިސްޕިޓަލުން ހަމަޖައްސައިފިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިންފުލުއެންޒާ ފެތުރުން އިތުުރުވާނެ ކަމަށް ބެލެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން އެ ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ އިންފުލުއެންޒާ ވެކްސިން ޖެހުމަށް ފަސޭހަ އިންތިޒާމްތަކެއް މިހާރު ހަަމަޖައްސައިފައިވާ ކަަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އިންފްލުއެންޒާ ވެކްސިންއަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޖަހަން ޖެހޭ ވެކްސިންއަކަށް ވާތީ ޓްރީޓޮޕް ހޮސްޕިޓަލުން އިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ހިލޭ އާންމު ބަލިތަކުގެ އެސެސްމަންޓްތައް ހެދޭނެ އިންތިޒާމްވެސް މިހާރު ހަމަޖައްސައިފައިވާ ކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ވެކްސިންގެ އަގު ހިމަނައިގެން ވެކްސިން ޖައިދޭ އަގުތައް އުޅެނީ ކުޑަކުދިން ނަށް 215 ރުފިޔާ އަދި ބޮޑެތި މީހުންނަށް 215 ރުފިޔާއި 240 ރުފިޔާއާއި ދެމެދު ކަމަށް ޓްރީ ޓްޕް ހޮސްޕިޓަލުން ބުނެއެވެ.
ވެކްސިން ޖެހުމުގެ ކުރިން ހާއްސަ ޑޮކްޓަރަކަށް ދައްކަން ޖެހޭނަމަ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިފައިވާކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އިންފްލްއެންޒާގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމިފައިވާ މީހުންނާއި ޑައަލިސިސް ހަދަމުން އަންނަ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ އުމުރުން ތިން އަހަރުން މަތީގެ ކުދިންނާއި 65 އަހަރުން މަތީ މީހުން އަދި އުމުރުން ހަ މަހާއި ހަ އަހަރާ ދެމެދުގެ ކުޑަކުދިން ހިމެނެއެވެ.