18 Oct 2011, 11:49
ނ.މަނަދޫގައި ބޯކޮށާ ސެލޫނެއްގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހެއްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖަހާ ބޯފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މަނަދޫގައި މަސައްކަތް ކުރާ ބިދޭސީ މީހެއްގެ ބޮލުގައި އިއްޔެ ހަވީރު އެއްޗަކުން ޖަހާ ޒަޚަމްކޮށްލުމާ ގުޅިގެން ރޭގެ ވަގުތެއްގައި ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަކީ އެރަށުގައި ދިރިއުޅޭ މީހެއް ކަމަށެވެ.
ޒަޚަމްވި ބަންގުލަދޭޝް މީހާގެ ބޮލު ފުއްކިބައިން ދެ އިންޗިހާތަން ފަޅައިގެން ދިއުމުގެ އިތުރުން ސީރިއަސް ޒަޚަމެއް ލިބިފައިނުވާ ކަމަށް މަނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މަނަދޫން ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ އެރަށުގައި ބޯކޮށާ ސެލޫނެއްގައި މަސައްކަތް ކުރާ ބަންގުލަދޭޝް މީހަކު އިއްޔެ ހަވީރު 5:00 ޖަހާކަންހާއިރު ހަމަލާދީ އެމީހާގެ ބޯފަޅާލުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
މަނަދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެރަށުގައި މަސައްކަތް ކުރާތާ މިހާރު ދެއަހަރު ވެފައިވާ އެ މީހާ އަށް މީހަކު ހަމަލާދީފައި ވަނީ މީހެއްގެ އަންބެއް ކައިރިއަށް ދާ މައްސަލައިގަ އެވެ.