08 Apr 2019, 13:26
އެންމެ ވަރުގަދަ ކެމެރާ ހިމެނޭ ވާވޭ ޕީ 30 އަދި ވާވޭ ޕީ 30 ޕްރޯ މެކްސްކޮމް ޓެކްނޮލޮޖީސް އިން ޕްރީއޯޑަރަށް ހުޅުވާލައިފި އެވެ.
މެކްސްކޮމްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ދެ ފޯނު ވެސް ޕްރީއޯޑަރަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި ފޯނު މި މަހު 25 ހިސާބު ރާއްޖެ އަށް ލިބޭނެ ކަމަށެވެ.
"ޕްރީ އޯޑަރު ދޭ ފަރާތަކަށް ވާވޭ ޖީޓީ ގަޑިއެއް ލިބޭނެ. އެއީ 3000 ރުފިޔާގެ ގަޑިއެއް. އެކަމަކު މިއީ ލިމިޓެޑް ސްޓޮކެއް. ސްޓޮކް ހުސްވަންދެން ލިބޭނެ. ފަސްޓް ކަމް މީހުންނަށް ގަޑި ލިބުމުގެ ފުރުސަތު ބޮޑު،"
މެކްސްކޮމް އިން ޕީ 30 ފޯނު ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 11،900 ރުފިޔާއެވެ. އަދި ޕީ 30 ޕްރޯ އެ ކުންފުނިން ވިއްކާނީ 14،900 ރުފިޔާއަށެވެ.
މި ވަގުތު އެންމެ ކެމެރާ ވަރުގަދަ އެ ފޯނުން ނަގާ ފޮޓޯތައް 50 ގުނައަށް ޒޫމްކޮށްލެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
Maxcom Technologies
RewriteTheRules of Photography! Maxcom Technologies! PRE-ORDER your Huawei P30 pro for -(Mvr 14900/-) and get a FREE HUAWEI Watch GT (worth MVR 3,000/-). Limited quantities available, so hurry...
ސުޕަ އެޗްޑީ ކޮލިޓީގައި ކަނު އަނދިރީގައި ފޮޓޯ ނަގާލެވޭ އެ ފޯނު އަށް ޖީބީގެ ރެމް އަކާއެކު 128 ޖީބީގެ މެމޮރީ، 256 ޖީބީ އަދި 512 ޖީބީވެސް ހުރެއެވެ.
ބެޓެރީގެ އުމުރު ދިގު، ފާސްޓު މި ފޯނުގެ ފީޗާތަކަށް ބަލާއިރު ފޯނުގެ އަލްޓްރާ ވައިޑް އެންގަލް ކެމެރާ އަކީ 20 މެގަޕިކްސެލްގެ ކެމެރާ އެކެވެ. މެއިން ސެންސާ އަކީ 40 މެގަޕިކްސެލްގެ ސެންސާ އެކެވެ. ޓެލެފޮޓޯ އަކީ އަށް މެގަޕިކްސެލް އެވެ. ޓީއޯއެފް ކެމެރާ އެއްވެސް މި ފޯނުގައި ވަނީ ހިމަނައިފައެވެ. ފޮޓޯގެ ޑީޓެއިލް ކެޕްޗާ ކުރެވޭނެއެވެ. ސެލްފީ ނަގަން މަރުދޭ މީހުންނަށް މިއީ ރަނގަޅު ފޯނެކެވެ 32 އެމްޕީގެ ސުޕަ އެޗްޑީއާރު އަދި ލޯ ލައިޓް ޝޮޓު ނެގޭނެއެވެ.
އެ ފޯނު ވަނީ ފްރާންސްގެ ޕެރިހުގައި މިދިޔަ މަހު ލޯންޗުކޮށްފައެވެ.