ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗު ކާމިޔާބުކޮށް ރެޑްލައިން ކުލަބްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ގްރޫޕް އެކެއްގެ މިމެޗް ރެޑްލައިނުން ކާމިޔާބުކުރީ ހަރިކޭން ބީސީއާ ވާދަކޮށް 62 ޕޮއިންޓް 67 ޕޮއިންޓުން ނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުޅި މެޗްގައި ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ރެޑްލައިން ކުލަބްގެ އަހުމަދު އަސްފާން ރަޝީދެވެ. އޭނާ ވަނީ ޓީމަށް 16 ޕޮއިންޓް ހޯދައިދީފަ އެވެ.

މުބާރާތުގައި މިރޭ 8:30 ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ގްރޫޕް ދޭއް ގައި ވާދަކުރާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޑީ ބާސްކެޓް ބޯލް ކުލަބެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ވިކްޓަރީ އާއި ޑީބީސީ އާއި ޔޫއެން ފްރެންޑްސް އަދި ޓީރެކްސް އެވެ.