07 Apr 2019, 22:44
އއ. މަތިވެރީ ގެސްޓުހައުސްއެއްހައި ވަރަށް ބޮޑަށް ރޯވެ އަނދައިފި އެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ، މިރޭ 22:25 އެހައިކަންހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ރަށު ގެސްޓްހައުސްގައި ރޯވަމުން ދިޔަ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ސާފެއް ނުވެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވެ އަނދަމުންދަނީ އެ ރަށު ކްލަބް މޯލްޑިވްސް (ކަސާ މިއާ މޯލްޑިވްސް) ގެސްޓް ހައުސްގައެވެ.
އާޒިމް ވިދާޅުވީ، ގެސްޓްހައުސްގައި ރޯވަމުން ދިޔަ އަލިފާންގަނޑު ނިއްވާލާފައި ވަނީ އެރަަށުގައި ތިބި ސިވިލް ފަޔާ ޓީމާއި އެ ރަށުގެ ރައްޔިތުންގެ އެހީގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއްވައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.