06 Apr 2019, 17:13
ވޯޓަކީ އަބަދުވެސް ދިވެހީންގެ މެދުގައި ވަރުގަދަ ފޯރިއެއް ގެނެސްދޭ ކަމެކެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މުޅި ސޯޝަލް މީޑީއާގައި މިއަދު ދައުރުވަމުންދަނީ ވޯޓުލީ ނިޝާން ދައްކައި އެކި މީހުން އަޕްލޯޑް ކުރަމުންދާ އިނގިލި ފޮޓޯތަކުންނެވެ.
ގިނަ ބަޔަކު ވޯޓުލުމަށް ފަހު އަވަސްވެގަންނަނީ އިނގިލީގެ ފޮޓޯ އެމީހެއްގެ ސޯޝަލް މީޑިއާތަކަށް އަޕްލޯޑްކޮށް އަނެކުންނަށް ވޯޓުލާން ދިއުމަށް ހިތްވަރު ދިނުމަށެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވެސް ވަނީ ވޯޓުލުމަށް އަވަސްކުރުމަށް ގޮވާލައި ޓްވީޓެއް ކުރަށްވައިފަ އެވެ.
View this post on Instagram
A responsible citizen: Vice President @faisalnasym votes in the 2019 General Elections #Majlis2019
Alhugandu vote laifin, thi beyfulhun vote lahvaifintho, noon nama avas kurahvaa, ehmme fahuvaguthah madunukurahvaapic.twitter.com/sUKnQvNniF
— Ahmed Shareef (@ShareefRangondi)April 6, 2019
މީގެ އިތުރަށް އެކިއާއިލާތަކާއި ގާތް ރަހުމަތްތެރިން އެކީގައި މޮޅެތި ސްޓައިލްތަކުގެ ފޮޓޯ ވެސް ނަގައި އަޕްލޯޑް ކޮށްފައިވެއެވެ.
#GoVoteގެ ނަމުގައި ގިނަ ބަޔަކު ހޭޝްޓެގްއެއް ވެސް ބޭނުން ކުރަމުންއަންނަ އިރު، މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ މީހަކު ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ގިނަ ބަޔަކު ޖަވާބު ދީފައިވާ އިރު މިކަން ގިނަ ބަޔަކު ސިފަ ކޮށްފައި ވަނީ 'ކޫލް' ކަމެއްގެ ގޮތުގައެވެ.
ވޯޓް ލާފަ އިނގިލީގެ ފޮޓޮއެއް މީސްމީޑިއާ އަށް ލުމަކީ މަޖުބޫރުކަމެއްތަ؟
— Hasko