05 Apr 2019, 18:33
ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވާވޭ ޕީ30 ސީރީޒްގެ ސްމާޓްފޯނުތަކުގެ ޕްރީއޯޑަރު އުރީދޫއިން ނަގަން ފަށައިފިއެވެ.
އުރީދޫއިން ބުނީ އެ ޕްރީ އޯޑަރުތަކަށް ހާއްސަކޮށް ވަރަށް ހާއްސް ޕްލޭންތަކެއވެސް ތައާރަފްކޮށްފައިވާ ކަމަށާއި އަދި އުރީދޫ މެދުވެރިކޮށް ވާވޭގެ ޕީ30 ނުވަތަ ޕީ30 ޕްރޯ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި ވާވޭ ވޮޗް ޖީޓީ އެއްވެސް ލިބިގެންދާނެ ކަމަށެވެ.
އެ ޕްލޭންތަކުގެ ތެރޭގައި މަހަކު އެންމެ 875 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.
އަދި ޕީ30 ސީރީޒްއަށް ޚާއްސަ ޕްލޭންތަށް މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖިބީ ޑޭޓާވެސް ހިލޭ ލިބޭނެކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫއިން ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކާއި ގުޅިގެން މާކެޓުގެ އެންމެ ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތަށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
"އަޅުގަނޑުގެ ކަސްޓަމަރުންނަކީ އައު ސްމާޓްފޯނުތަކަށް ލޯބި ކުރާ އަދި އިންތިޒާރުކުރާ ބަޔަކަށްވުމާއި އެކު، ފަހުގެ ވާވޭ ޕީ30 ސީރީޒް ލޯންޗު ކުރާ ފުރަތަމަ މާކެޓުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ އުފަލެއް. ކުރިއަށްއަތްތަނުގައިވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ކަސްޓަމަރުން އެންމެ ލޯބި ކުރާ ސްމާޓްފޯނު ބްރޭންޑުތަކާއި ގުޅުވާލަދީ، ފޯނު ބައްލަވައިގަންނަން ފަސޭހަކޮށްދިނުމަށް." ނަޖީބް ހާން ވިދާޅުވިއެވެ.
ޕީ30 ސީރީޒް ޕްރީއޯޑަރ ކުރެއްވުމަށް، ނުވަތަ މި ފޯނުތަކަށް ޚާއްސަކޮށްގެން އުރީދޫ އިން ތައާރަފްކޮށްފައިވާ ޕްލޭންތަކުގެ މައުލޫމާތު ހޯއްދެވުމަށް، އެ ކުންފުނީގެވެބްސައިޓުންލިވޭނެ ކަމަށާއި އަދި އެ ފޯނާ ގުޅޭ އިތުރު މައުލޫމާތުތައް ވާވޭގެވެބްސައިޓުން ލިބޭނެކަމަށްވެސް އުރީދޫއިން ބުންޏެވެ.