04 Apr 2019, 22:59
ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަށް ބަލައި ހިޔާލު ހޯދުމަށް ޓަކައި މިހާރު ރާއްޖެ ގެނެސްގެން އުޅޭ ދުނިޔޭގެ ފެންވަރުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ސްޕެއިންގެ ޕަބްލޯ ކޮއިރާ އަދި ޕޯޗްގަލްގެ ވިޓާ ކުއާދުރޯސް ރާއްޖޭގެ އެކި ދަނޑުތަކުގެ ހާލަތު ހުރި ގޮތް ބަލައި ހަދައިފި އެވެ.
އެ ދެކުޅުންތެރިން ރާއްޖެއައީ ސްޕޯޓްސް ޓްއަރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ތައްޔާރީތައް ވުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދައުވަތަކަށެވެ.
ޕަބްލޯ ކޮއިރާ ކުރިން ވަނީ ސްޕެއިންގެ ސެލްޓަ ޑެ ވީގޯ އަށާއި ޑިޕޯޓިވޯ އަލަވޭޒްއަށް ކުޅެފަ އެވެ. އަދި ވީޓާ ވަނީ ޕޯޗުގަލްގެ ދެ ވަނަ ޑިވިޝަންގެ ކުލަބު ސީޑީއާރް ކުއާޓޭރެންސީ އަށާއި ތިން ވަނަ ޑިވިޝަންގެ ލޯލަޓޭނޯ ޑީސީއަށް ކުޅެފަ އެވެ.
Former Spanish footballer Pablo Coira and former Portuguese footballer Vitor Quadros meet and encourage students participating in the@DhiraaguMamen U-13 Interschool Football Tournament 2019 during their visit to Galolhu National Football Stadium.pic.twitter.com/StX4ZoSBbz
— Ministry of Tourism (@TourismMv)April 3, 2019
އެގޮތުން އެ ދެ ކުޅުންތެރިން ވަނީ ހުޅުމާލޭގެ ސްޕޯޓްސް ކޮމްޕްލެކްސްއާއި ގަލޮޅު ދަނޑުގެ ސްޓޭޑިއަމްގެ އިތުރުން ޅ. ކުރެންދޫ އާއި ނައިފަރުގެ ފުޓްބޯޅަ ދަނޑުގެ ހާލަތު ބަލައި އެތަންތަނަކީ ބައިނަލްއަގުވާމީ މުބާރާތްތަކަށް އެންމެ އެކަށީގެންވާ ތަންތަންތޯ ވަނީ ބަލައިފަ އެވެ.
ދިރާގުން ސްޕޮންސާ ކޮށްގެން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މަމެން އަންޑާ 13 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ކުޅުންތެރިންނާ އެ ދެ ކުޅުންތެރިން ވަނީ ބައްދަލުކޮށް ހިތްވަރުވެސް ދީފަ އެވެ.
Former Spanish footballer Pablo Coira and former Portuguese footballer Vitor Quadros visit the football pitch at Kuredu Island Resort & Spa and assess the condition of this facility for hosting international footballing events.pic.twitter.com/IaEUPcEhKM
— Ministry of Tourism (@TourismMv)April 4, 2019
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ދެ ކުޅުންތެރިން އެތަންތަން ބެލުމަށް ފަހު ސްޕޯޓްސް ޓްއަރިޒަމްގެ ސްޓޭންޑަޑަށް ފެތޭ ގޮތަށް އެ ތަންތަން ތަރައްގީ ކުރާނެ ގޮތުގެ ލަފާ ރާއްޖެއަށް ދޭނެ ކަމަށެވެ.
އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ޓޫރިޒަމް މިނިސްޓްރީން ދަނީ ރާއްޖެއަށް ސްޕޯޓްސް ޓުއަރިޒަމް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ.