04 Apr 2019, 13:16
ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ދުރުކުރި މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ކަމުގެ މަގާމުން ދުރުކުރީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށެވެ.
"އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތް ގާނޫނު އަސާސީގައި ސަރީހަކޮށް ބަޔާންކޮށްފައިވޭ. އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ އެ އުސޫލުތަކާ ހިލާފަށް،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގައި ބުނާގޮތަށް ވެރިކަން ކުރާ ބާރުގެ ސޭފްގާޑު ކުރުމަށް ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަހެއް ބުނުން މުހިއްމު ކަމަށެވެ.
"ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ ރައީސުންނާއި ނައިބު ރައީސުންގެ އިތުބާރު ނެތްކަން، މަޖިލީހުގައި ހިންގާ ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލެއްގެ ސަބަބުން ނުގެއްލޭނެކަން ކަށަވަރު ކުރަންޖެހޭ،"
ޖަމީލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ 21 ޖުލައި 2015 ގައެވެ. އިތުބާރު ނެތްކަމަށް ވޯޓު ދިނީ މަޖިލީހުގެ 78 މެންބަރުންނެވެ. ބޯޓުގައި ބައިވެރި ނުވަނީ އެންމެ މެންބަރެކެވެ. އަދި ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ދެ މެންބަރަކު ނޫނެކޭ ވިދާޅުވިއެވެ.
ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ އެ މައްސަލައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށްފަހުއެވެ.