މި އަހަރުގެ މެއި، ޖޫން މަހު ބޭއްވި އޭލެވެލް އަދި އެޗްއެސްސީ (ހަޔާ ސެކަންޑަރީ ސެޓްފިކެޓް) އިމްތިހާނުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ރަން ވަނަތަކެއް ހާސިލުކޮށްފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ވިލާ އިންޓަނެޝަނަލް ހައި ސްކޫލުގެ ފުރަތަމަ އިނާމް ދިނުމުގެ ޖަލްސާގައި ނެރުނު އެސުކޫލުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ވަނީ އަދި އޭލެވެލް އިމްތިހާނުގެ ޓޮޕް ޓެން އަށް ހޮވުނު 180 ދަރިވަރުންގެ ތެރޭގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ތައުލީމު ހާސިލު ކުރި 72 ދަރިވަރަކު ވަނީ ޓޮޕް ޓެންގައި ހިމެނިފަ އެވެ.

ނެޝަނަލް ޓޮޕް ޓެންގެ އެއްވަނަ އަށް ހޮވުނު 15 ދަރިވަރުންގެ ތެރެއިން އަށް ދަރިވަރަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ތައުލީމް ހާސިލު ކުރި ދަރިވަރުން ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

އެ އަށް ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް ވަނީ އެވޯޑުގެ އިތުރަށް ރޭގެ ޖަލްސާގައި ކޮންމެ ކުއްޖަކަށް 10،000ރ. ގެ އިނާމެއް ދީފަ އެވެ.

މި އަހަރުގެ މެއި ޖޫން މަހުގެ އޭލެވެލް އިމްތިހާނުގައި ރާއްޖޭގެ 1513 ދަރިވަރުން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ 428 ދަރިވަރުން ބައިވެރިވެފައިވެ އެވެ.