ހުޅުމާލޭގައި ހުންނަ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލުން 100 ވަނަ ކުއްޖާ ވިއްސައިފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން 100 ވަނަ ކުއްޖާ ވިއްސީ މިދިޔަ މަހުގެ 31 ގައި ކަމަށެވެ.

ކުއްޖާ ވިއްސުމުގައި ހަރަކާތް ތެރިވެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެއާ ޓީމާއި ދާދިފަހުން ގުޅިވަޑައިގަތް އަންހެނުންގެ ޙާއްސަ ޑޮކްޓަރު، ޑރ.ވަރްޝާ ރަންގަރާޖް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ޑޮކްޓާރަށް އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު ނިއޯނޭޓޮލޮޖިސްޓަކާއި، ފޫޅުމައެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރަކާއި ހުނަރުވެރި ނަރުހުން ގެ ޓީމެއް ހަރަކާތްތެރިވިކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެޓާނިޓީ ޔުނިޓަކީ މައިމީހާ އާއި ތުއްތު ދަރިފުޅަށް ލިބެންވާ ހާއްސަ ފަރުވާތަކަށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ކުރެވިފައިވާ ވޯޑެކެވެ.

އެ ހޮސްޕިޓަލުގެ މެޓާނުޓީ ޔުނިޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ތަދުނުވެ ވިހެއުމުގެ ހިދުމަތާއި، މާބަނޑު ދުވަސްވަރާއި ވިހެއުމާއި އަދި ވިހެއުމަށްފަހު ލިބެން ޖެހޭ މަލޫމާތު ފޯރުކޮށްދޭ "ބާރތް ޕްރެޕަރޭޝަން ޕްރޮގްރާމް" ހިމެނެ އެވެ.

ޓްރީޓޮޕްގައި އުފަންވި 100 ވަނަ ކުއްޖާގެ މަންމަ އާއި ހަވާލާދީ އެ ހޮސްޕިޓަލުން ބުނީ އޭނާ މާލެއަށް ވިހެއުމަށް އައިސް އެންމެ ފަހުވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލަށް ދާންގަސްތުކުރީ ކޮންޕްލިކޭޝަންވެސް އުޅޭތީ ކަމަށެވެ.

"މިހޮސްޕިޓަލަށް އައި ފުރަތަމަ ފަހަރުވީމަ ކުޑަކޮށް ޖެހިލުންވީ، އެކަމަކު ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް އަދި ވަރަށް ހިތްހަމަޖެހޭ. މިތާގެ ސާވިސްތަކާއި މެދު އަދި މިތަނަށް އާދެވުނީތީވެ ވަރަށް ހިތްހަމަޖެހޭ،" ކުއްޖާގެ މަންމަ ބުނެފައި ވެ އެވެ.

ޓްރީ ޓްޕް ހޮސްޕިޓަލްގެ މެޓާރނިޓީ ޔުނިޓްގައި ވިއްސާ ހަތަރު ކޮޓަރިއާއި އެންސޫޓް ފާހާނާއާ އެކު ވިހެއެމުގެ ކަންކަކައިރިން ބެލުމަށް ހާއްސަ އޮބްޒަވޭޝަން ކޮޓަރި އެއް ހިމެނެއެވެ.

މި ހިދުމަތް އިތަރަށް ފުޅާ ކުރުމުގެ ގޮތުން ސުޕަސްޕެޝަލިޓީ
ނިއޯނޭޓަލް ކެއާ ފޯރުކޮށްދިނުމަށް ޒަމާނީ ފެންވަރުގެ އެން އައިސީޔޫ އަކާއެކު ދެ ނިއޯނޭޓޮލޮޖިސްޓުން މަސައްކަތް ކުރެ އެވެ.


ޓްރީ ޓޮޕް ހޮސްޕިޓަލް މެނޭޖްމަންޓަ ޓީމްގެ ފަރާތުން ވަނީ 100 ވަނަ ކުއްޖާ އުފަންވުމުގެ އުފަލުގައި، ކުއްޖާގެ ބެލެވެރިންނަށް
ތަހުނިޔާ ދަންނަވާފަ އެވެ.

ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން މަސައްކަތް ކުރާނީ މުސްތަގުބަލުގައި ވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ކުއްޖަކު ވިއްސީ 2018 ޖުލައި 15 ގައެވެ. އެ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.