ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމް ތަރައްގީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ 2020ގެ ނިޔަލަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 15 މިލިޔަން ޑޮލަރަށެވެ. މިއީ 160،000 މީހުންނަށް ހިދުމަތް ދިނުމަށް ތަރައްގީކުރާ ނެޓްވޯކެކެވެ.