އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ 30 ސޮކޮލަޝިޕްއަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެ ޔުނިވާސިޓީން ރާއްޖެއަށް ދީފައިވަނީ ބެޗެލާސް ޑިގްރީގެ 20 ސްކޮލަޝިޕްއާއި މާސްޓާސް ޑިގްރީގެ 10 ސްކޮލަޝިޕެކެވެ.

ބެޗެލާޒް ޑިގްރީގެ 20 ސްކޮލަޝިޕްގެ ތެރެއިން ތިން ކޯހަކީ ހިލޭ ކިޔެވޭ ފުލް ސްކޮލަޝިޕްތަކެކެެވެ. އަދި ބާކީ 17 ކޯހަކީ 50 ޕަސެންޓް ފްރީ ޕާޝިއަލް ސްކޮލަޝިޕްއެކެވެ.

އަދި މާސްޓާސް ޑިގްރީގް 10 ސްކޮލަޝިޕްގެ ތެރެއިން ދެ ކޯހަކީ ހިލޭ ކިޔެވޭ ފުލް ސްކޮލަޝިޕްތަކެކެެވެ. އަދި ބާކީ 08 ކޯހަކީ 50 ޕަސެންޓް ފްރީ ޕާޝިއަލް ސްކޮލަޝިޕްތަކެކެވެ.

އެ ޔުނިވާސިޓީން ކިޔެވޭ ކޯސްތަކުގެ ތެރޭގައި އިންޖިނިއަރިންގެ ތަފާތު ކޯސްތަކާއި، ޑިޒައިންގެ އެކި ކޯސްތަކުގެ އިތުރުން ބަޔޯޓެކްނޮލޮޖީ އަދި ބިޒްނަސްގެ އެކި ކޯސްތައް ހިމެެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކޯސްތަކަށް ހޮވޭ ދަރިވަރުން ތިބެން ޖެހޭނީ ލަވްލީ ޕްރޮފޮޝަނަލް ޔުނިވާސިޓީގެ ހޮސްޓެލްގައި ކަމަށެވެ.

އަދި އެ ސްކޮލަޝިޕްތަކުގެ ތެރެއިން ޓިއުޝަން ފީގެ 50 ޕަސެންޓް ހިލޭ ހަމަޖެހިފައިވާ ކޯސްތަކަށް ހޮވޭ ފަރާތްތަކުން ޓިއުޝަން ފީގެ ބާކީ 50 ޕަސެންޓްއާއީ ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަަން ޖެހޭނީ އަމިއްލައަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކަށް ޝައުުގުވެރިވާފަރާތްތަކުން، މިމަހުގެ 30 ވަނަ ދުވަހުގެ 13:30ގެ ކުރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު ކުރިމަތިލާން ޖެހޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.