04 Apr 2019, 00:55
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބޯޑަށް އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބްކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ހިންގާ ގަވައިދުގެ 63 ވަނަ މާއްދާގެ ދަށުން އެ ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބްކުރަން ނިންމައިފައިވާ ކަމަށެވެ. އަދި މިއަހަރު ބާއްވާ އެކުންފުނީގެ އަހަރީ ޖަލްސާގައި އެ ދެ ޑިރެކްޓަރުން އިންތިހާބްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑިރެކްޓަރަށް ވާން ކުރިމަތިލާ ފަރާތްތަކަކީ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުމުގެ އިތުރުން އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލުމަށް ޝައުުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ގެ ކުރިން މަގާމަށް ކުރިމަތިލާން ޖެހޭނެ ކަމަށް އެމްޓީޑީސީން ބުންޏެވެ.
އެމްޓީޑީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް މިހާރުވެސް ދެ ޑިރެކްޓަރުން ތިބެއެވެ. އެއީ ނަސްތަރު މުހައްމަދު އަދި މަންސޫރު ޒުބައިރުއެވެ.