ރީތި ކަސްރަތީ ހަށިގަނޑެއް ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ހާއްސަކޮށް ޒުވާން ކުދިންނަކީ ވީހާވެސް ފިޓްކޮށް ހުރުމަށް އަބަދު ވެސް ލޯބި ކުރާ ބައެކެވެ. އެކަމަށް ޓަކައި މިހާރު ވެސް މާލޭގައި ގިނަ ޒުވާނުންނެއް ކޮންމެ ދުވަހަކު އެއްފަހަރުހެން ޖިމްގައި ހޭދަކުރެ އެވެ.

"ބޮޑީ ޓެކް"ގެ ނަމުގައި މިދިޔަ އަހަރު ފަހުކޮޅު ހުޅުވި ޖިމްއަކީ ޒުވާނުން އަދި ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް "ޖިމް" އަކުން ލިވޭނެ ހުރިހާ ވަސީލަތްތަކާ އެކު ހިދުމަތް ދެމުން އަންން ޖިމްއެކެވެ. އެ ޖިމްގައި ކާޑިއޯ އަދި ސްޓްރެންތު އިކުއިޕްމަންޓްސް ހުންނަ އިރު ހެލްތު ސަޕްލިމަންޓްވެސް އެ ޖިމްއިން ލިބެ އެވެ.

ބޮޑީ ޓެކްއިން ޖިމަށް ގޮސް ހިއްކާލި އަންހެން ކުއްޖެއްގެ ކުރީގެ އަދި މިހާރގެ ފޮޓޯ---ފޮޓޯ: ބޮޑީ ޓެކް

ދެ ޖިންސްގެ މީހުންނަށް ވެސް އަމާޒުކޮށްގެން ހިދުމަތް ދެމުންދާ އެ ޖިމްގައި ފަަސޭހަކަމާ އެކު ހިތްގައިމު މާހައުލެއްގައި ކަސްތަރުކުރެވޭހެން ކަސްރަތުކުރެވޭނެ ކަމަށް އެ ޖިމްއިން ބުންޏެވެ.

ބޮޑީ ޓެކްއިން މިހާރު ވެސް އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަކަށް ދަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި އޭގެ އިތުރުން އޯޓިޒަމްއާއި ޑައުންސިންޑްރޮމް ހުންނަ ކުދިންނަށް ވެސް ފުރުސަތު ދެވެން އޮތް ވަރަކުން ހިލޭ ފުރުސަތު ދޭނެކަމަށް ވެސް އެ ޖިމްއިން ބުންޏެވެ.

އެ ޖިމްއިން މިއަހަރު ވަނީ އޯޓިޒަމް ދުވަސް ފާހަގަކޮށްފަ އެވެ. އަދި އޭގެ އިތުރުން ދާދި ފަހުން ރާއްޖޭގައި ފާހަގަކުރި އާތު އަވާވެސް އެ ޖިމްގައި ވާނީ ފާހަގަކޮށްފަ އެވެ.

"އާތު އަވާ ފާހަގަކުރި ރޭވެސް ލައިޓްތައް ނިންވާލައިފައި މުޅިން ކެންޑަލް ލައިޓް ދިއްލާފައި ހުންނާނީ. ކްލައިޔަންޓުން އެރޭ ވަރަށް ހިތް ހަމަ ޖެހިފައި ތިބީ" ބޮޑީ ޓެކު ހިންގާ އިސް ފަރާތަކުން ބުންޏެވެ.

ބޮޑީ ޓެކްއިން އާތު އަވާ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ފޮޓޯ---ފޮޓޯ: ބޮޑީ ޓެކް

އެ ޖިމް ހުންނަނީ ގަލޮޅު ފާށަނާ ކިލެގެފާނު މަގުގައި ހުންނަ ސޯސަން މާޓް ބިލްޑިންގްގައި ހުންނަ ދެވަނަ ފަންގިފިލާގަ އެވެ. ޖިމްގެ އެކި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް 7937777 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.

އެ ޖިމްއިން މިހާރު ވެސް އެކި ހިދުމަތްތަކަށް ވަނީ އެކި ޕެކޭޖްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ބަރުދަން ލުއިކޮށްލުން ނުވަތަ ފިޓް ވެލަން ބޭނުންވާ ފަރާތްތަކަށް "ބޮޑީ ފިޓް ހިކެންބޭނުންތަ"ގެ ނަމުގައި ހާއްސަ ޕެކޭޖްއެއް ހިމެނެ އެވެ. އެ ޕެކޭޖްގެ އަގަކީ 750 ރުފިޔާ އެވެ.

ބޮޑީ ޓެކްއިން ބޭއްވި ބޫޓްކޭމްޕް ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: ބޫޓްކޭމްޕް

އެ ޖިމްއިން މިހާރު ނެގޭ އިތުރު ޕެޖޭކްތައް

  • ފުލް އެކްސެސް ޕެކޭޖް - 1000 ރުފިޔާ
  • އޮފް ޕީކް ޕެކޭޖް ( ހެނދުނު 8 ކުން މެންދުރު 2 އަކަށް) - 742 ރުފިޔާ
  • 15 އަހަރުން ދަށުގެ ސްކޫލު ކުދިންގެ ޕެކޭޖް- 689 ރުފިޔާ
  • ކޮލެޖު/ ޔުނިވާސިޓީ ދަރިވަރުންގެ ޕެކޭޖް - 795 ރުފިޔާ

އޭގެ އިތުރުން ތިން މަސްދުވަސް ވަންދެން ޖިމްގެ ހިދުމަތް ލިބޭ ހާއްސަ ޕެކޭޖެއްވެސް އެ ޖިމްއިން ލިބެއެވެ. ހެނދުނު 05:30 އިން ހަވީރު ފަހެއް ޖަހަންދެން ހިދުމަތް ލިބޭ އެ ޕެކޭޖްގެ އަގަކީ 2000 ރުފިޔާއެވެ. ނަމަވެސް މިއީ މިމަހުގެ 15 އާ ހަމައަށް ހުޅުވާލައިފައިވާ ލިމިޓެޑް އޮފާއެކެވެ.