17 Oct 2011, 12:24
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ބޯޓުފަހަރުތަކަށް ސަރުކާރުންދޭ ސަލާމަތީ ހިދުމަތްތަކަށް އަގުނަގައިގެން އެ ހިދުމަތްތައް ފޯރުކޮށްދޭން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ހުށަހެޅި "ރާއްޖެ އަންނަ ބޭރުގެ ކަނޑު މަތީ އުޅަދުފަހަރުގެ ސަލާމަތީ ރައްކާތެރިކަމަށް ގެންނަ ހަތިޔާރާ ބެހޭ ގަވާއިދަ"ށް ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ނިންމާފައި ވަނީ މާލެ އިން ފެށިގެން 12 މޭލުގެ ރޭޑިއަސްއެއްގައި އުޅަނދަކުން ހަތިޔާރު ނެގުމަށް ނުވަތަ އެރުވުމަށް ކޮންމެ ފަހަރަކަށް 15000ރ. ނަގާ ގޮތަށެވެ. އަދި އެ ހަތިޔާރުތަށް ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޮންމެ 30 ދުވަހަކަށް 12000ރ. ނެގުމަށެވެ.
މީގެ ދަށުން ވައިގެ މަގުން ގެންނަ ސަލާމަތީ ތަކެތީގެ ހޭންޑްލިން ފީއެއްގެ ގޮތުގައި 2500ރ. ނަގުމައި ވެސް އެ ނިންމުމުގައިވެ އެވެ.