03 Apr 2019, 16:50
ވިހެއުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުއެމުސީ)ގެ މުވައްޒަފުންނަށްދޭ ޗުއްޓީގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ވިހެއުމުން ކުއްޖާގެ މަންމަ އަށް ދޭ ޗުއްޓީ ހަ މަހަށް އަދި ބައްޕަ އަށް އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އަދި އެ އުސޫލަށް ސިވިލް ސާވިސް އަދި ސަރުކާރުގެ އެކިއެކި މުވައްސަސާތަކާއި އަދި ކުންފުނިތަކުން މިހާރު ވަނީ އަމަލު ކުރަން ފަށައިފި އެވެ.
އެ އުސޫލަށް އަމަލުކުރަން މި އަހަރު ފެށި ނަމަވެސް އެޗުއާރުސީއެމް އިން މިދިޔަ އަހަރު ވަނީ ވިހެއުމާ ގުޅުގެން އެ މުވައްސަސާގެ މުވައްޒަފުންނަށް ހަ މަހުގެ ޗުއްޓީ މުސާރައާ އެކު ދޭން ފަށައިފަ އެވެ. ނަމަވެސް އަންހެނުން ވިހެއުމާ ގުޅިގެން ފިރިހެނުންނަށް މީގެ ކުރިން އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ނުލިބެ އެވެ.
ނަމަވެސް އެޗްއާރުސީއެމް އިން މިހާރު ވަނީ އެ ގަވައިދު އިސްލާހުކޮށް އެޗުއާރުސީއެމްގެ ފިރިހެން މުވައްޒިފުންނަށްމުސާރަލިބޭގޮތަށް،ދަރިފުޅުއުފަންވާތާރީހުންފެށިގެން ދަރިފުޅަށް ހަތްމަސްދުވަސްވުމާދެމެދުބަންދުދުވަސްތައްހިމަނައިގެން އެއްމަސްދުވަހުގެޗުއްޓީއެއްދިނުމަށް ނިންމައިފަ އެވެ.
އަދިމުވައްޒަފެއްބަލިވެއިނދެ،16ހަފްތާއަށް ވުރެމަދުދުވަސްކޮޅެއްގެތެރޭގައިދަރިފުޅުބައިގެންދިއުން ފަދަކަމެއްދިމާވެއްޖެ ނަމަބަންދުދުވަސްތައްހިމަނައިގެން15ދުވަހުގެޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުންޏެވެ.
"ސޯޅަހަފްތާއާއި27ހަފްތާއާދެމެދުބައިގެންދިއުންނުވަތަވިހޭދަރިފުޅުގެފުރާނަނެތުންފަދަ ހާލަތެއްދިމާވެއްޖެ ނަމަ،ބަންދުދުވަސްތައްހިމަނައިގެން އެއްމަސްދުވަހުގެޗުއްޓީއެއް، އަދި މުވައްޒަފެއް ބަލިވެއިނދެ، 27 ހަފްތާގެ ފަހުން ވިހޭ ދަރިފުޅުގެ ފުރާނަ ނެތް ނަމަ، ބަންދު ދުވަސްތައް ހިމަނައިގެން މުސާރަ ލިބޭގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް މުވައްޒަފަށް ދިނުމަށް ހަމަޖެހިފައިވެ އެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
އަދި އޭގެ އިތުރުންމާބަނޑު މުވައްޒަފުން ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއްވުމުގެ ސަބަބުން އޮފީހަށްނުކުންނަން ޢުޒުރުވެރިވާ ނަމަ، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަންބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއްނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ހަ މަހުން ނުކެނޑޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން،މުސާރަ ލިބޭގޮތަށް އެއް މަސް ދުވަހުގެ ޗުއްޓީ އަދި މުސާރަ ނުލިބޭ ގޮތަށް އިތުރު އެއް މަސް ދުވަހުގެ ޗުއްޓީއެއް ވިހެއުމުގެ ކުރިއަށްނެގިދާނެ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުންޏެވެ.
އަދި މެންދުރު ދޭ އެއް ގަޑިއިރުގެ ބްރޭކްގެ އިތުރަށް މާބަނޑު އަންހެނުނަށްފްލެކްސިބަލް ބްރޭކްގެ ގޮތުގައި އެއް ގަޑިއިރުދެވޭނެ ކަމަށާއި އަދި އެ ބްރޭކް އޮފީސް ފެށޭ ގަޑި ނުވަތަ ނިމޭ ގަޑިއަށް ވެސް ނެގިދާނެ ކަމަށެވެ.